ads
ފޮޓޯ: އެމްއެންޑީއެފް
މުޅި ރާއްޖެއަށް ސީއެމްބިއުލާންސް ހިދުމަތް ފުޅާކުރާނަން: ރައީސް
މުޅި ރާއްޖެއަށް ސީއެމްބިއުލާންސްގެ ހިދުމަތް ފުޅާކުރައްވާނެކަމުގެ ޔަގީން ކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ހުވަދު އަތޮޅަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު ރަށެއްގެ ގޮތުން ގއ. ދެއްވަދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވިދާޅުވީ، އެކަހެރިކޮށް ވަކިން އޮންނަ ރަށަކަށް ވުމުން ސީ އެމްބިއުލާންސްގެ ހިދުމަތް އެ ރަށަށް މުހިންމު ކަމަށެވެ.

މިހާރު އެ ހިދުމަތް ލިބުމުގައި ދެއްވަދޫއަށް ދަތިއިރު، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ވެސް އެ ހިދުމަތް ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެ އުފެދިފައި އޮންނަގޮތުން ދެއްވާދޫއަކީ ތަންކޮޅެއް ދުރުގައި، ވަކިން  އޮންނަ ރަށަކަށް ވީތީ ސީއެމްބިއުލެންސް ހިދުމަތް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ދެއްވާދޫގެ އިތުރުންވެސް ޖުމްލަކަޮށް ރާއްޖޭގައި ޖޯގްރެޕިކަލީ ކުޑަކޮށް އެކަހެރިކޮށް ހުންނަ ރަށްތަކަށް ދަތުރުކުރުމުގެ ދުރުމިނުގެ ސަބަބުން، ސީ އެމްބުލެންސްގެ ފްލީޓް އެހާ ބޮޑު ނޫންވީމައާއެކުވެސް ދަތިތަކެއް ހުރިކަަމަށް ރައީސް ވިދާޅުވި އެވެ.

"މުޅި ރައްޖެއަށް މި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކެެއް ފަށާނަން، އޭގެ ނަތީޖާއަކަަށް ވަނީ، މިރަށުންވެސް ބޭނުންވާގޮތަށް، މި ރަށަށް އެކަމަށް ހާއްސަ ސީ އެމްބިއުލޭންސް ހަަމަޖެހިގެން ދިޔުން، މިއަދު އެކަން ހަަމަޖައްސާނެ ވާހަަކަ ނުދެއްކިޔަސް މުޅި ރާއްޖެއަށް ޝާމިލްވާ ހައްލެެއް ގެނައުމަށް މަސައްކަތްތަކެއް ކުރާނަން، މިހާރު އެ މަސައްކަތް އޮތީ ފަށާފައި" ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ސިއްޙީ ނިޒާމު ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުން ވިލިމާލެއާއި މާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފަ އެވެ.

ސީއެމްބިއުލާންސްގެ ހިދުމަތުގެ އިތުރުން، ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ރާއްޖޭގައި ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން ވައިގެ މަގުން ބަލި މީހުން އުފުލުމަށް މީގެ ކުރިން ބޭނުންކުރަމުން އައި އިންޑިއާ ސަރުކާރުން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓައި ހެލިކޮޕްޓަރު އެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒި ސަރުކާރުން އެ ތަކެތި ބޭނުންކުރުން ހުއްޓާ އެއާ އެމްބިއުލާންސްގެ ގޮތުގައި މަތިންދާ ބޯޓަކާއި ސީ ޕްލޭނެއް ތައާރަފުކުރި އެވެ. 

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށި އެއާ ޓެކްސީ ފަހުން ވަނީ ބޭނުންކުރުން ހުއްޓާލާ ކުލަ ބަދަލުކޮށް ޓޫރިސްޓުން އުފުލަން ބޭނުން ކުރަން ފަށާފަ އެވެ. އަދި އޭގެ ފަހުން ހެލިކޮޕްޓަރުގައިވެސް ބަލި މީހުން އުފުލަން ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް