އަމިއްލަ ދަނޑުގައި ޓޮޓްންހަމަ މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާމިޔާބު ކޮށްދިނީ ލޫކަސް ބާރގްވެލް އެވެ.
މި މެޗުން ލިވަޕޫލް ބަލިވުމުން، ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ހިތްހަމަނުޖެހުންވަނީ ރެފްރީ އަށް އަމާޒުކޮށްފައެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ މި މެޗަށް އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ މުހައްމަދު ސަލާ އާއި ވެންޑައިކް ފަދަ ކުޅުންތެރިން ބޭނުންކޮށްފަ އެވެ. ނަމަވެސް ލީގުގައި އެ ޓީމުން ދައްކަމުންދާފަދަ މޮޅު ކުޅުމެއް މި މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ.
މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގު މެޗު އަންނަ މަހު ހައެއްގައި ކުޅޭނީ ލިވަޕޫލްގެ އެންފީލްޑްގަ އެވެ.