ads
ގިނަ ފަތުރުވެރިން މާލެއަށް، މާދަމާ އެއް ނަންބަރު ޖެޓީ ސަރަހައްދު ބާރުބޮޑުވެދާނެ
ގިނަ އަދަދެއްގެ ފަތުރުވެރިން މާލެއަށް ފައިބާތީ މާދަމާ އެއް ނަަންބަރުު ޖެޓީ ސަރަހައްދު ބާރުބޮޑުވެދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދު ރާއްޖެއަށް ޕަސެންޖާ ލައިނާއެއް އައުމަށް ހަަމަޖެހިފައިވާކަމަށެވެ. އަދި އޭގެން މާލޭގެ 1 ނަންބަރު ޖެޓީ އަދި 2 ނަަންބަރު ޖެޓީއަށް ފަތުރުވެރިން އަރާ ފޭބުމަށް ހަަމަޖެހިފައިވާތީ އެސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ކަމަށެވެ.

ފަތުރުވެރިން އަރައި ފޭބުމަށް ހަަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކަމަށް ފުލުހުން ބުނެ އެވެ.

އެހެންކަމަށްވުމާއެކު އެ ސަރަހައްދުން ދަތުރުކުރާ ފަރާތަތަކަށް އެކަމަަށް ސަމާލުވުމަށް ފުލުހުން ބުނެ އެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ދޭ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް އެ ފަރާތުން އިލްތިމާސްކުރި އެވެ.

މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ހާއްސަ އަހަރެކެވެ. އެއީ މިދިޔަ އަހަރަކީ ފުރަތަމަ ފަހަރަށް ރާއްޖެއަށް އަހަރެއްގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އަހަރަށް ވާތީއެވެ.

އަހަރުގެ ފުރަތަމަ ކްރުޒް ލައިނާ މިރޭ މާލެ ސަރަހައްދަށް ބަނދަރު ކުރާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ވަނީ ބުނެފަ އެވެ.

މި ފެށުނު އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ކަންކަން ހާސިލް ކުރަން ވަނީ އަމާޒު ހިފާފަ އެވެ. އެގޮތުން މި އަހަރުގެ އަމާޒަކީ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ ފަސް ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުންކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބުނެއެވެ. މިހާރު އަހަރެއްގެ މައްޗަށް ލިބެނީ ހަތަރު ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން މި އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިންގެ 15 ޕަސެންޓު އިތުރަށް، ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

މި އަހަރު ވެސް އާ އަހަރާ ދިމާކޮށް ގިނަ ފަތުރުވެރިންތަކެއް އަންނަނީ ރާއްޖެއަށް ޒިޔާރަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް