ads
އެމެރިކާގެ ލޮސް އެންޖެލިސްގެ ގެއެއްގައި ރޯވެފައި: އެ ސިޓީގެ އެކި ހިސާބުގައި ދަނީ އަލިފާންގަނޑުތައް އަނދަމުން. -
ލޮސް އެންޖެލިސްގައި ރޯވެ އަނދާ އަޅިއަށް، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ
އެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން ގެޓީ ވިލާ މިއުޒިއަމަށް ގެއްލުން ލިބި، 1500 އަށް ވުރެ ގިނަ އިމާރާތް ހަލާކުވެއްޖެ އެވެ.
Advertisement

އެމެރިކާ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ލޮސް އެންޖެލިސް ސްޓޭޓްގެ ޖަންގަލިތަކުގެ އެކި ސަރަހައްދުތަކުގައި ތިން އަލިފާންގަނޑެއް، މިހާރު ވެސް ކޮންޓްރޯލް ނުވެ އަނދަމުން އެބަ ދެ އެވެ. އެ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރިފައި ވާއިރު އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ލޮސްއެންޖަލިސް އިންނެވެ. 

އެ ޝަހަރުން 100،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައި ވާއިރު އޭގެ ތެރޭގައި ހޮލީވުޑް ސެލެބްރިޓީން ވެސް ހިމެނެ އެވެ. ގަދަ ވަޔާ އެކު ފެތުރި އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން 2،000 އަށްވުރެ ގިނަ އިމާރާތް ވަނީ އަޅިއަށް ވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އެތައް މިލިއަން ޑޮލަރެއްގެ ގެތަކެކެވެ.

your imageއެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވި ބޮޑު އަލިފާން ގަނޑު ނިންވަން ފަޔާ ފައިޓަރުން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީގެ ވަށައިގެން ރޯވެ އަނދަމުން ދާއިރު އެތަނުގެ އާންމުން ތިބީ ހަދާނެ ގޮތް ހުސްވެ ބިރުވެރިކަމުގެ ތެރޭގަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި އާޓް މިއުޒިއަމްތަކުގެ ތެރޭގައި ހިމެނޭ ގެޓީ ވިލާ މިއުޒިއަމްގެ ދަނޑުގައި ހުރި ބައެއް ގަސްގަހާގެއްސަށް ވެސް މި ހާދިސާގެ ސަބަބުން ގެއްލުން ވެފައިވެ އެވެ.

ލޮސްއެންޖަލިސްގެ މޭޔަރު ކަރެން ބާސް، މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި އަލިފާންގަނޑުތައް ވަރުގަދަވީ ހަނަފަސްކަން ބޮޑުވެފައި ވުމާ އެކު ވައިޖެހޭލެއް ގަދަކަމުންނެވެ. ގަޑިއަކު 100 މޭލު (160 ކިލޯމީޓަރު) ގެ ބާރުމިނުގައި ވައި ޖެހެމުން ދިޔައިރު ޕެސިފިކް ޕެލިސޭޑްސް އަވަށުގެ ވަށައިގެން އަލިފާން ގަނޑު ފެތުރުނީ ވިދުވަރުގެ ބާރުމިނުގައި އެވެ.

your imageގެދޮރު ދޫކޮށް ދާން ޖެހިުނު މީހުންގެ ތެރޭގައި ހޮލީވުޑް ސެލެބްރިޓީން ވެސް ހިމެނޭ

އެމެރިކާގެ އެންޖެލިސްގައި ހިނގާފައިވާ މިހާދިސާގައި 5 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. އަލިފާނުގެ ހާދިސާ އިތުރަށް ގޯސްވާތީ ކެލިފޯނިއާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފަ އެވެ.

އެމެރިކާގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން އޮންނާނީ އަލިފާންގަނޑު އިތުރަށް ފެތުރޭނެ ގޮތަށްކަމަށެވެ. އެގޮތުން ވައިގެ ތެތްކަން ދަށްވެ، ވައިގަދަވުމުގެ ސަބަބުން އަލިފާންގަނޑު ފެތުރުމަށް އިތުރު ބާރަކަށްވަމުންދާކަމުގަ އެވެ.

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް