ads
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
އެމްޑީޕީގެ އެއްވުމާ ގުޅިގެން ސަރުކާރުން އިތުރު މަޝްރޫއުތަކެއް ފަށާނެ: ޒިޔާދު
އެމްޑީޕީގެ އެއްވުމާ ގުޅިގެން ސަރުކާރުން އިތުރު މަޝްރޫއުތަކެއް ފަށާނެކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޒިޔާދު ވިދާޅުވީ، އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ އެއްވުމަށް މީހުން ގިނަވެއްޖެނަމަ، ސަރުކާރުން އިތުރު މަޝްރޫއުތަކެއް ކުރިއަށް ގެންދަން އެއްބަސްވާ މަންޒަރު ފެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިންވެސް އެމްޑީޕީން ބައްދަލުވުމެއް ބާއްވާ ވާހަކަ އިއުލާންކުރި ހިސާބުން ސަރުކާރުން އައީ އިތުރު އެއްބަސްވުންތަކުގައި ސޮއިކޮށް، ކަންކަން ކުރެވޭކަން ދެއްކުމަށް މަސައްކަތްކުރަމުން ކަމަށެވެ. އަދި އިދިކޮޅު ހަރަކާތެއް ބާއްވާ ވާހަކަ އިވުމާއެކު ސަރުކާރުގެ މަސައްކަތްތަކާއި މަޝްރޫއުތައް ފަށަމުންދާކަންވެސް ފާހަގަކުރިއެވެ.

ޒިޔާދު ވިދާޅުވީ އެމްޑީޕީން މި މަހުގެ 31 ވަނަ ދުވަހު އެއްވަން ޖެހުނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށާއި، ސަރުކާރުގެ ނޭދެވޭ އަމަލުތަކާ ދެކޮޅަށް އާންމުން ނުކުންނަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް