ގެއްލިގެން ހޯދަމުންދަނީ ނ. ހޮޅުދޫ / ސީވީޑް، އަލީ އަރުޝަދު (35 އަހަރު) އެވެ. އޭނާ ގެއްލުނު ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާއެވެ. ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އޭނާ ވަނީ އަރިމަތިން ޖެހި މޫދަށް ވެއްޓިފައެވެ.
އަލީ އަރުޝަދު ހޯދުމަށް އެމްއެންޑީއެފް އަދި ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.