އަލް އުހްދޫދު އާއި ދެކޮޅަށް ސައުދޫ ޕްރޯ ލީގުގައި ކޅުނު މެޗުން އަލް ނަސްރު ކުޅުނު އަލް ނަސްރު މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މާނޭ ޖެހިއިރު، އަނެއް ލަނޑު ޖެހީ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯގެ މި އަހަރުގެ ފުރަތަމަ ލަނޑެވެ.
މި ލަނޑާއެކު ކެރިއަރުގައި ކޮންމެ އަހަރެއްގައިވެސް ލަނޑު ޖަހަމުން އައި ރިކޯޑް އަނެއްކާ މި އަހަރަށްވެސް އިތުރުވީއެވެ. މުޅި ކެރިއަރުގެ ޖުމްލަ 900 އަށްވުރެ މިހާރު މައްޗެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު އަލް ނަސްރަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް އަރާފައެވެ.