ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް ސިފައިން ދިޔައީ، ސެމީ ފައިނަލުގައި ސްޕޯޓްސް ކްލަބް ސިޓީ ކަޓުވާލުމަށް ފަހުއެވެ. މިރޭ ކުޅޭ ފައިނަލުގައި، އެންމެ ފަހުގެ ޗެމްޕިއަން، ސިފައިން ބައްދަލުކުރާނީ ކްލަބް އެޗްޑީސީއާ އެވެ.
ސެމީ ފައިނަލުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ގެންދިޔައީ، 25-22، 25-22 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިން ޓީމުގެ ހުސެއިން ރަޒާން އެވެ.
ގައުމީ ފައިނަލުގައި ސިފައިންނާ އެޗްޑީސީއާ ކުޅޭއިރު، މި ފަހަރު، އެޗްޑީސީން ވަނީ ސިފައިން ބަލިކޮށް، އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ގައުމީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުން ސިފައިން ވަނީ ފަސް ސެޓު ކުޅެގެން، އެޗްޑީސީ ބަލިކޮށްފަ އެވެ.