ކޮންމެ އަހަރެއްގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ބާއްވާ މި ކޭމްޕަކީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓުންނާއި ސާޖަނުންގެ ޓީމެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕުގައި ހިތާނުކުރުމުގެ އިތުރުން އެކަމާ ގުޅޭ އެންމެހާ އިރުޝާދުތަކާއި ފަހުގެ ފަރުވާތައް ވެސް ދެމުން ގެންދާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕުން ބުނާގޮތުން މި ކޭމްޕަށް ވަރަށް ބޮޑު އިތުބާރެއް ރައްޔިތުންގެ ފަރާތުން ލިބިފައިވެ އެވެ. އަދި ކުރިއަށް އޮތް ސްކޫލް ޗުއްޓީގައި ވެސް މި ކޭމްޕު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.