މި ހާދިސާ ހިނގާފައިވަނީ ރެސިޑެންސް ބުލޫ ރިސޯޓު ކައިރީގައެވެ.
އެ މީހާއަކީ އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެއް ކަމަށެވެ. އަދި މިއަދު ހެނދުނު 10:00 ހާއިރު އޭނާ ރެޑިސަން ބްލޫ ރިސޯޓް ކައިރި މޫދުގައި އުޅެނިކޮށް "އައިކޮމް ގްރީން" ނަމަކަށް ކިޔާ ލޯންޗްއަކުން ޖެހި މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ.
މަރުވެފައި ވަނީ އާޖެންޓީނާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
މިފަދަ ހާދިސާއެއް މިއަދު ހިނގާފައިވާއިރު، ރޭ ވަނީ ވ. ފުލިދޫ ކައިރީގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ފީނަން ފޭބި 7 ފަތުރުވެރިން ވަނީ ގެއްލިގެފައެވެ. ނަމަވެސް އެ ފަތުރުވެރިން ފަހުން ވަނީ ފެނިފައެވެ.