"ނޯތު 7" ސަފާރީއިން ރޭ ކަނޑަށް ވެއްޓި ގެއްލިފައި ވަނީ އަލީ އަރުޝަދު، 35، ސީވީޑް، ނ. ހޮޅުދޫ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އަރުޝަދުގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.
އެ މީހާ ރޭގެ ވަގުތެއްގައި އެ ސަފާރީގެ ޑެކް މަތީ ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި މޫދަށް ވެއްޓިފައިވާކަން ސީސީޓީވީ ކެމެރާ ފުޓޭޖުން އެނގޭ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރިއަކު ވެސް ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވި އެވެ.