ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އަރިއަތޮޅަށް އޮރެންޖް އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ ފަތިހު 4:45 އިން ފެށިގެން ހެނދުނު 8:45 އާ ދެމެދު އއ. އަދި އދ. އަތޮޅަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. އެ ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ރޭ މެންދަމުން ފެށިގެން ވެރިރަށް މާލެއަށްވެސް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ހުއްޓާ ނުލާ ވެހުމުގެ ސަބަބުން މާލޭގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފައެވެ.