ރޭ މެންދަމު އެކެއް ޖެހިއިރުންސުރެން ފެށިގެން ވެރިރަށް މާލެއަށް ބޯކޮށް އަންނަނީ ވާރޭ ވެހެމުންނެވެ. ހުއްޓާ ނުލާ ވެހުމުން މާލޭގެ ބޮޑު ބައެއްގައި ވަނީ ފެން ބޮޑުވެފައެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައިވަނީ މާފަންނުގެ ސަރަހައްދުގައެވެ.
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނޯީ މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މަސައްކަތްކުރަމުން އަންކަމަށެވެ. އަދި މި މަސައްކަތުގައި މިހާތަނަށް ވަނީ 6835 ޓަނުގެ ފެން ހިންދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ.