ads
ސިފައިން މާލޭގައި ފެން ހިންދަނީ
މާލޭގެ 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފި
މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން މިހާތަނަށް 104 ގެއަކަށް އެމްއެންޑީއެފްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިކަމަށް މިއަދު ބުނެފިއެވެ.
Advertisement

މި އޮޕަރޭޝަންގައި 528 ވެލި ބަސްތާ ޖަހާދީފައިވާ ކަމަށް މާލެ އޭރިއާ ކޮމާންޑުން މައުލޫމާތު ދެއެވެ.

މިއީ މި މަހު ހިނގި މިފަދަ ދެ ވަނަ ކާރިސާ:

އެންޑީއެމްއޭ އިން ބުނީ މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވެހުނު ވާރޭގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން 740 އަށްވުރެ ގިނަ ތަނަކުން އެކިއެކި އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ގޭގެއާއި، ވިޔަފާރިތަކާއި، ސްކޫލްތަކާއި އަދި ގުދަންތައް ހިމެނެއެވެ.

ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލަށް 20،000 ގޯނި ވެލި ބަސްތާ ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު 145 ގޭބީސީގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް ވަނީ ނިންމާފައެވެ.

މި ހާދިސާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ އަގު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. މިއީ ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުމުގެ އަގު ކަމަށާއި، މީގެ ތެރޭގައި ވިޔަފާރިތަކާއި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް