ads
ވާދޫން ފިޔޯރީ ކޮޅަށް 11 ލަނޑު ޖަހައިފި
ވާދޫން ފިޔޯރީ ކޮޅަށް 11 ލަނޑު ޖަހައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގައި މިހާތަނަށް އެއް މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމަކަށް، ގދ. ވާދޫ ވެއްޖެއެވެ.
Advertisement

ވާދޫންވަނީ ރޭ، އެ އަތޮޅު ފިޔޯރީ ކޮޅަށް 11 ލަނޑު ޖަހާފައެވެ. މި މެޗުން ވާދޫ މޮޅުވީ 11 ލަނޑު އެއް ލަނޑުންނެވެ. ވާދޫގެ ނަޝާހު އަހުމަދު ރޭ ހެޓްރިކެއް ހެދިއިރު، މުސައްނިފު މުހައްމަދު ދެ ގޯލު ޖެހި އެވެ. އަނެއް ގޯލުތައް ޖެހީ، ކެޕްޓަން، އަޔާޒް އަހުމަދު (އަޔާ)، މުހައްމަދު އިޔާދު އަލީ، އިބްރާހީމް ޝައުފް މުހައްމަދު، ޔަޒްދާން އިބްރާހީމް، އަބްދުﷲ އާހިލް އަލީ އަދި ޒައިން މުހައްމަދު އެވެ. ފިޔޯރީގެ ލަނޑަކީ އަޔާ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 2023 ވަނަ އަހަރުގެ ރަނަރަޕް، ވާދޫން މި ފަހަރު ކުޅެނީ، އަތޮޅުގެ ގްރޫޕް ބީގަ އެވެ.

ގދ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުރިމަތިލުމަކަށް ފަހު، މަޑަވެލިން ވަނީ 3-2 އިން ތިނަދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މި މެޗުގައި، މަޑަވެލީގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު މުއާދު އާއި އަހުމަދު ސިނޫ މަހުމޫދު އަދި އިބްރާހީމް އާލު އަހުމަދު އެވެ. މި މެޗުގައި، ތިނަދޫގެ ލަނޑުތައް ކާމިޔާބުކުރީ އިބްރާހީމް އަހުމަދު އާއި އަހުމަދު ޒައިދު މުހައްމަދު ނައީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް