ސިޓީން އަށް ލަނޑު ސުން ލަނޑުން މޮޅުވީ ދެވަނަ ޑިވިޝަނުގެ ސެލްފޯޑް އާއި ދެކޮޅަށް ކުޅެއެވެ. މިއީ 2019 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން ސިޓީން އެފްއޭ ކަޕްގައި ހޯދިފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މި މޮޅު ހޯދީ ސިޓީގެ އަމިއްލަ ދަނޑުގައެވެ.
ސިޓީ އިން ވަނީ މި މެޗުގެ އަށްވަނަ މިނިޓުގައި ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ. ސިޓީ އިން 20 ވަނަ މިނިޓުގައި ޒުވާން ފޯވަޑް ޑިވިން މުބާމާ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ނިކޯ އޮރެއިލީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ޖެކް ގްރީލިޝް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނިޓުގައި ސިޓީގެ ޒުވާން ފޯވަޑް ޖޭމްސް މެކްއާޓީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހާފައެވެ. ސިޓީ އިން މި މެޗުގައި ޖެހި ހަވަނަ ލަނޑު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑޯކޫ ކާމިޔާބުކޮށްދިންއިރު އޭގެ ފަހުން މެކްއާޓީ ވަނީ އިތުރު ދެ ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ.