މި މައްސަލައަކީ 2022 ވަނަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހު އައްޑޫ ލިންކް ރޯޑުގައި ހިނގި ހާދިސާއެކެވެ. އެ ދުވަހު ސައިކަލެއްގައި ދިޔަ ދެ އަންހެން ކުދިން ހުއްޓުވުމަށްފަހު އެ ދެ ކުދިންގެ ގައިގައި އަތްލައި ގޯނާކުރި ކަމަށް ބުނެ ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ.
ދައުވާލިބުނު މީހާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް އެއް މައްސަލައިގައި 13 ދުވަހުގެ ޖަލު ހުކުމަކާއި އަނެއް މައްސަލައިގައި 18 ދުވަހުގެ ޖަލު ހުކުމެއް ކުރި އެވެ. ނަމަވެސް ކޯޓުން ވަނީ މި ދެ ހުކުމް 6،200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ.