ads
ޕްރިންސެސް ސޯފިއާ
ސްވިޑަންގެ ޕްރިންސަސް ސޯފިއާ ހޮސްޕިޓަލެއްގައި މަސައްކަތަށް ނުކުންނަވައިފި
ޝާހީ ވާޖިބުތައް މަދުކުރެއްވުމަށް ޕްރިންސެސް ނުކުންނެވީ އާދައިގެ ވޮލަންޓިޔަރަކަށް
ކޮވިޑް-19 އާ ގުޅިގެން ޝާހީ ވާޖިބުތައް އަދާކުރެއްވުން މަދުކުރެއްވުމަށް ސްވީޑަންގެ ޕްރިންސެސް ސޯފިއާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަން ފަށައިފި އެވެ.

ޕްރިންސް ކާލް ފިލިޕްގެ އަނބިކަބަލުން ލޯކަލް ހޮސްޕިޓަލެއްގައި ވޮލަންޓިއާ ކުރަން ފެއްޓެވި ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ސޯފިއާހެމެޓް ނަމަކަށް ކިޔާ ހޮސްޕިޓަލުގައި ވޮލަންޓިއާ ކުރަައްވަން ފެއްޓެވި އޮންލައިންކޮށް އިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރެއްވުމަށް ފަހުގައެވެ. މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން ވޮލަންޓީއަރުން ފަދައިން ސޯފިއާ ވެސް މަސައްކަތް ކުރައްވާނީ، ނަރުހުންނާއި ޑޮކްޓަރުންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ސާމާނު ޑިސްއިންފެކްޓު ކުރެއްވުމުގަ އާއި، ބަދިގޭގެ މަސައްކަތް ކުރެއްވުމުގަ އާއި، ހޮސްޕިޓަލު ތެރެ ސާފުކޮށް ކުރެއްވުމުގަ އެވެ.

ސޯފިއާހެމެޓު ހޮސްޕިޓަލުން އަދި ކޮވިޑް-19 ގެ ކޭހެއް ފެނިފައި ނެތް ނަމަވެސް، ސްވީޑަންއިން ވަނީ 13،216 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި 1،400 މީހުން ވަނީ ކޮވިޑް-19 ގެ ސަބަބުން މި ގައުމުގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް