އެމްޑަބްލިއުއެސްސީން މިއަދު ހެނދުނު 3:15 ގައި އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ހިޔާ ފުލެޓުތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ. މި މައްސަލަ ދިމާވެފައިވަނީ ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ ބޫސްޓާ ޕަމްޕަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި ދަތިތަކަށް އެޗްޑީސީން ވަނީ މާފަށް އެދިފައެވެ.
އަދި ހަމަ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ކަރަންޓު ކެނޑުނު މައްސަލަ ވެސް މިހާރު ވަނީ ހައްލުކުރެވިފައި ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.