ads
ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
"ކާރިސާތަކާ ކުރިމަތިލާން، އިޔާދަކުރަނިވި ހަކަތައަށް ކޮންމެހެންވެސް ބަދަލުވާންޖެހޭ"
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާން ބޭނުންނަމަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީ (އައިރީނާ) ގެ އެސެމްބްލީގެ 15 ވަނަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިނސްޓަރު ތޯރިގް އަބޫދާބީ އަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ.

އައިރީނާ ގެ އެސެމްބްލީ ހުޅުވުމުގެ ރަސްމިޔާތު ބާއްވާފައިވަނީ މިއަދު އެވެ.

ތޯރިގް އެކްސަގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވި 15 ވަނަ އައިރީނާ އެސެމްބްލީގައި ބައިވެރިވުމަކީ އުފާކުރައްވާ ކަމެއް ކަަމަށެވެ. 

މިނިސްޓަރު ވަނީ އިއާދަކުރަނިވި ހަކަތައަށް ގައުމުތަށް ބަދަލުވުމަށް މަގުފަހިކޮށްދިނުމުގައި އައިރީނާގެ ދައުރު ވަރަށް ބޮޑު ކަމަށް ކަމަށް ފާހަގަކޮށްފަ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހައްލުކޮށް، ދެމެހެއްޓެނިވި ތަރައްގީއެއް ހަގީގަތަކަށް ހަދަން ބޭނުންނަމަ މި ފަދަ ބަަދަލެއް ކޮންމެހެން ބޭނުންވޭ" މިނިސްޓާ ތޯރިގް ވިދާޅުވި އެވެ.

އައިރީނާ އެސެމްބްލީގެ މި ޖަލްސާއަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ފަރާތްތަކާއި، ތިމާވެށީގެ ދާއިރާގެ މާހިރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގައި ހަކަތައިގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ.

މިނިސްޓަރ ތާރިގް މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް އެންވަޔަރަމަންޓް މނިސްޓްރީން ފާހަގަކުރެ އެވެ. އަދި އަދި މި ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރެއްވޭނެ ކަމަށްވެސް ބެލެވޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް