ads
މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފް
މިފްކޯގެ ސީއެފްއޯ އިސްތިއުފާ ދީފި
މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި އިލްޔާސް މަގާމުން އިސްތިއުފާދެއްވީ އެހެން ވަޒީފާއަކަށް ބަދަލުވުމަށެވެ. 

މިފްކޯގެ ހިންގުން ރަނގަޅުކުރުމަށް ސަރުކާރުން މިދިޔަ މަހު ވަނީ އެކުންފުނީގެ ސީއީއޯއަކަށް ބޭރުގެ ރައްޔިތަކު ހަމަޖައްސާފައެވެ. މިފްކޯގެ

ސީއީއޯއަކަށް ހަމަޖެއްސީ ސްވިޓްޒަލެންޑުގެ ރައްޔިތެއްކަމަށްވާ ޑރ. ވިޓާލީ ލުބިމޯވްއެވެ. 

އޭގެ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު ވަނީ މަގާމުން ވަކިކޮށްފައެވެ. ސަމާހު މަގާމުން ވަކިކުރީ އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ބެލުމަށްފަހުއެވެ. އޭގެތެރޭގައި ވަކި ބަޔަކަށް ވަޒީފާތައް ދިނުމާއި އުސޫލުތަކުން ބޭރުން ކަންކަން ހިންގުން ވަނީ ފާހަގަކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް