ފުލުހުން ބުނީ ސިހުރު ހަދާ ކަމަށް ރިޕޯޓު ކޮށްފައިވާ މައްސަލައަކާ ގުޅިގެން ރ. މީދޫ އަދި އަލިފުށީގައި އޮޕަރޭޝަނެއް ދަނީ ހިންގަމުންދާކަމަށެވެ. އަދި މި އޮޕަރޭޝަންގެ މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށް ފުލުހުން ބުނެއެވެ.
ސިހުރުގެ ސަބަބުން ހއ. ކެލާގައި މީހުން ބަލިވިކަމަށް ތުހުމަތުކުރާތީ ގިނަ އަދަދެއްގެ ފުލުހުން މިދިޔަ މަހު ވަނީ އެ ރަށަށް އަރާ އޮޕަރޭޝަނެއް ހިންގާފައެެެވެ. އެރަށުގެ ގާތްގަނޑަކަށް ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށް ހަތަރު މީހުން ހައްޔަރުވެސް ކުރިއެވެ. އެހެންނަމަވެސް ފަހުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ.