ads
ޝާހް އިސްމާއީލް
އަސާސީ ގަވައިދާ ހިލާފަށް އެފްއޭއެމް ހިންގާކަށް ފީފާއަށް އަންގަންޖެހޭ
އެފްއޭއެމް ހިންގަމުންދަނީ އަސާސީ ގަވައިދާ ހިލާފަށް ކަން، ފީފާގެ ސަމާލު ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ގެންނަން ޖެހޭ ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެއްޓްރީ ޝާހް އިސްމާއީލް ވިދާޅުވުވެއްޖެއެވެ.
Advertisement

އެފްއޭއެމް ހިންގަމުންދަނީ އަސާސީ ގަވައިދާ ހިލާފަށް ކަން، ފީފާގެ ސަމާލު ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ގެންނަން ޖެހޭ ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ޝާހް ވިދާޅުވިއިރު، ފީފާއިން އެކުލަވައިލި ނޯމަލައިޒޭޝަން ކޮމިޓީއަށް ހަތަރު މަސްދުވަސް ހަމަވީއިރު ނޯމަލައިޒްކުރަން އުޅޭތަނެއް ނުފެންނަ ކަމަށް ކުރީގެ އެސްޖީ ހާމިދު އަބްދުލްގަފޫރު ވެސްވަނީ ވިދާޅުވެފައެވެ.

ހާމިދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި، ކުރީގެ އެއްވަނަ ފޯވާޑް ޝާހް ވިދާޅުވީ، އެފްއޭއޭއެން ހިނގަމުންދަނީ އެ އިދާރާގެ އަސާސީ ގަވައިދާ ހިލާފަށްކަން، ފީފާގެ ސަމާލު ކަމަށް، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ގެންގޮސްދެއްވަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ޒުހޫރު އެބަޖެހޭތާ ފީފާގެ ސަމާލުކަމަށް މިކަން ގެނެސްދޭން، އެސޯސިއޭޝަން މިހާތަނަށް ހިންގާފަ އޮތީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އަދި ފީފާވެސް އިހުމާލު ވެފައިވާ ކަން.. ޔައުނީ ފީފާއިން އަސާސީ ގަވައިދު ފާސްކޮށް ދިނުމަށްމަހު އެ ގަވާއިދާ އެއްގޮތަށް ކަންކަން ނުހިންގާ ތީވެ އެތަކެއް ފަހަރަކު އެމައްސަލަތައް އެފަރާތުގެ ސަމާލުކްމަށް ގެނެސްދީފައިވާ ކަން މާޒީން އިގެން އެބައޮތް ފެންނަން. ޝާހް ވިދާޅުވިއެވެ.

އަނެއްކާވެސް ދިވެހި ލީގު ރާވާފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހާމިދް އަބްދުލް ގަފޫރު ވަނީ ވިދާޅުވެފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ފެބްރުއަރީ 14 އަށް ހަމަޖައްސައި، ކަލަންޑަރު ފައިނަލްކޮށް ކްލަބްތަކަށް ފޮނުވާފައިވާއިރު، ދިވެހި ލީގު ފަށަން ރާވާފައި އޮތީ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީކަންވެސް ކުރައްވާފައިވާ ހާމިދު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު ސިލްސިލާކޮށް ލިޔުއްވާ ރިޕޯޓްތަކުގެ ތެރެއިން އެންމެ ފަހުން ލިޔުއްވި ރިޕޯޓުގައި ވިދާޅުވީ ދިވެހި ލީގް ރާވާފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. ހާމިދު އެހެން ވިދާޅުވީ، ރީޖަނަލް އެސޯސިއޭޝަން ތައް މެދުވެރިކޮށް، ބާއްވަން ޖެހޭ އަތޮޅުތަކަށް މުބާރާތްތައް ނުބާއްވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް