މި އަހަރުގެ ގޯލްޑަން ޗެރިޓީ ޝީލްޑްވެސް ހޯދި ގަމުން، އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު މޮޅުވީ، މާވަށް އަތުންނެވެ. މާވަށާ ދެކޮޅަށް ކުޅުނު މެޗުން ގަން މޮޅުވީ ފަހަތުން އަރައި ހަ ލަނޑު އެއް ލަނޑުންނެވެ.
ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މާވަށުން އަހުމަދު މުހައްމަދު އެވެ. އެކަމަކު، ގަމުން ހަ ގޯލު ޖެހިއިރު، އަހުމަދު ހަލީމް (އައްމަޑޭ) އާއި މުހައްމަދު މުސްލިހު (މުއްޓި) ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފަ އެވެ. އަދި، އަނެއް ދެ ލަނޑު ޖެހީ، އަބްދުالله ޖުނައިދު (ޖެންނޭ) އާއި ހުސެއިން އަޒްމީ އެވެ.
ގަމުން ވަނީ މިދިޔަ ދެ އަހަރު ވެސް ގޯލްޑަން ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ތަށި ދިފާއުކުރަން ނުކުމެ، ބ. އޭދަފުށި އަތުން ބަލިވިއިރު، މި ފަހަރުގެ ޝީލްޑް ކާމިޔާބުކުރީ އެ ޓީމު ބަލިކޮށެވެ.
ލ. އަތޮޅުގެ ގްރޫޕް ބީގައި މުންޑޫ އާއި ކަލައިދޫ ބައްދަލުކުރި މެޗު ވަނީ 3-3 އިން އެއްވަރުވެފަ އެވެ.