ads
ފުލުހުން
ސިހުރުގެ މައްސަލާގައި 12 ގެ ބަލާ ފާސްކޮށްފި
ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. މީދޫއާއި އެ އަތޮޅު އަލިފުށިން 12 ގެއެއް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ސިހުރި ހަދާކަމުގެ ތުހުމަތުގައި މީދޫއާއި އަލިފުއްޓަށް ފުލުހުން އަރާ އޮޕަރޭޝަނެއް ހިންގީ އިއްޔެއެވެ. 

އިއްޔެ ހިންގި އޮޕަރޭޝަންގައި މީދޫއިން ހަތް ގެއެއް ބަލާ ވަނީ ފާސްކޮށްފައެވެ. އަދި އަލިފުށިން ފަސް ގައެއް ބަލާ ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

މި އޮޕަރޭޝަނާއި ބެހޭ ތަފްސީލުތަކެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން މި މައްސަލާގައި ބަޔަކު ހައްޔަރުކުރިކަމެއް ނޫންކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ރ. މީދޫއާއި އަލިފުއްޓަށް އަރާފައިވަނީ އެ ދެ ރަށުގައި ސިހުރި ހަދާކަމަށް ތުހުމަތުކުރެވި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމުންނެވެ. 

ސިހުރުގެ ސަބަބުން ހއ. ކެލާގައި މީހުން  ބަލިވިކަމަށް ތުހުމަތުކުރާތީ ގިނަ އަދަދެއްގެ ފުލުހުން މިދިޔަ މަހު ވަނީ އެ ރަށަށް އަރާ އޮޕަރޭޝަނެއް ހިންގާފައެެެވެ. އެރަށުގެ ގާތްގަނޑަކަށް ފަންސާހަކަށް ގެއަށް ފުލުހުން ވަދެ ބަލާ ފާސްކޮށް ހަތަރު މީހުން ހައްޔަރުވެސް ކުރިއެވެ. އެހެންނަމަވެސް ފަހުން ވަނީ އެ އެންމެން ދޫކޮށްލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް