ޒީނާޒު ވަކިކޮށް ޕީއެންސީގެ އެސްޖީއަކަށް މުއާޒު
މުހައްމަދު އާދަމް އަހްމަދު
13 ޖެނުއަރީ 2025 - 13:52:20
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާންގެ ބަދަލުގައި އެ މުއާޒު ހަލީމު އެ މަގާމަށް އައްޔަނުކޮށްފިއެވެ.
މިނިސްޓާ އޮފް ސްޓޭޓް ފޯ ޑިފެންސް ގެ މަގާމުވެސް ފުރުއްވަމުން ގެންެދަވާ ޕީއެންސީގެ އެސްޖީއަށް މުއާޒު އައްޔަންކުރީ މިއަދުއެވެ.
ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނުކުރީ މެއި 24، 2024 ގައެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. އަދި ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ.
އަސާސީ ގަވައިދުގައި ވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް