މިނިސްޓްރީން ބުނީ މި ފުރުސަތު ދީފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން އުމުރު ހަމަވެފައިވާ ނަމަވެސް ރަޖިސްޓްރީ ނުކުރެވި ހުރި އުޅަނދުތަކަށް ކަމަށެވެ. މި ފުރުސަތު އޮންނާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
އުޅަނދު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިކަމަށް ކަނޑައަޅާފައިވާ ޕޯޓަލްގެ އެޑްރެހަކީ eportal.mta.gov.mv އެވެ.