ads
ދުވފަރުގަ އެފްއެސްމްގެ ތެޔޮ ޝެޑު ހުޅުވުން: ފޮޓޯ ފިޝަރީޒް މިނިސްޓްރީ
މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް ދުވާފަރުގައި ފިއުލް ޝެޑެއް
ބޮޑު ކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށްގެން އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ގާއިމުކުރި ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
Advertisement

މިއީ ރ. ދުވާފަރަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ހުޅުއްވައިދެއްވި ތަނެކެވެ.

މި ފިއުލް ޝެޑަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަސްވެރިންނަށް ހެޔޮ އަގުގައި ނުވަތަ "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ވަސީލަތްތައް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ނިންމާލި ފުރަތަމަ ޝެޑެވެ. މީގެ ސަބަބުން ދުވާފަރުގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މި ނިޒާމު ގާއިމުކުރުމެވެ. އެގޮތުން ހުރިހާ އަތޮޅަކުން ވެސް ހެޔޮ އަގުގައި "އެސްޓީއޯ ރޭޓު" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް