ދާދި ދެންމެއަކު ފުލުހުން ވަނީ އަޑުގަދަ ކުރާ ބޭނުންކޮށްގެން ގެއިން ބޭރަށް ނުނިކުތުމަށް ގޮވާފަ އެވެ.
މިވަގުތު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތްނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ މަގުމަތީގައި އުޅެމުންނެވެ.
އެކަމަކު އެއްގޮތަކަށް ވެސް މިވަގުތު ބޭރަށް ނުނިކުންނަން އެންގިއިރު އެ ސަރަހައްދު އޮތީ ބަންދުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ހީނާމާގޭ ސަރަހައްދުން ވެސް ބޭރަށް ނުނިކުތުމަށް އަންގާފައިވެ އެވެ. އަދި އެ ސަރަހައްދުގެ މަގުތައް ވެސް ބަންދުކޮށްފައިވާ ކަމަށް ވެއެވެ.
މާލެއިން މިހާތަނަށް 12 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ތިން މީހުން ޕޮޒިޓިވްވީ މިއަދު އެވެ.
ރާއްޖެއިން ޖުމްލަ 32 މީހަކަށް މިވަނީ ބަލި ޖެހިފަ އެވެ. ރާއްޖޭގެ ހާލަތު މިގޮތަށް ދާނަމަ 14 ދުވަހުގެ ތެރޭގައި ޕީކަކަށް ދާނެ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.