
އެސްޓޯނިއާގެ ރައީސް އާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން
ތައުލީމާއި ޓޫރިޒަމްގައި އެސްޓޯނިއާގެ އެއްބާރުލުން އިތުރު ކުރަނީ
ގުފްތަގް އަޖީރު
14 ޖެނުއަރީ 2025 - 10:49:50
ތައުލީމީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި ރާއްޖެ އާއި އެސްޓޯނިއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސް ވެއްޖެއެވެ.
މި އެއްބަސްވުމަށް ވާސިލުވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް އާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެސްޓޯނިއާގެ ތައުލީމީ ނިޒާމުގެ ފުރިހަމަކަން ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ މެދުގައި ޓޫރިޒަމް އާއި ތައުލީމީ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.
ސައިބާ ސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން އިލްމު ހިއްސާކުރުމަށްވެސް ދެ ގައުމުން އެއްބަސްވިއެވެ. އެސްޓޯނިއާގެ އިއާދަކުރަނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ތަޖުރިބާ ރާއްޖެއަށް ނަމޫނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް