އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ބުނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރޭ މެންދަމު 2:26 އާ ހަމައަށް ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އިން ބުނީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އިން ބުނެފައިވެއެވެ.
މޫސުމާ ގުޅޭގޮތުން މެޓް އިން އިތުރަށް ބުނީ ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ސަރަހައްދުތަކަށް އިރުއުތުރާއި އިރުން ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިއްސާރައިގެ ތެރޭގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.