ads
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
ފޯމުލީ އެންމެން ބެލުމުގެ ބަދަލުގައި ބަލާނީ ފައިނަލް ލިސްޓަށް : މުއްތަލިބް
4000 ފްލެޓަށް ފޯމުލީ އެންމެންގެ ފޯމުތައް އިވެލުއޭޓްކުރުމުގެ ބަދަލުގައި އަލުން އިވެލުއޭޓްކުރާނީ ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުން އެކަނިކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް އޮފީހުގައި ކުތިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ "ގެދޮރުވެރިޔާ" ސްކީމަށް ހުށަހެޅި ހުރިހާ ފޯމެއް އިވެލުއޭޓު ކުރުމުގެ ބަދަލުގައި މިދިޔަ ސަރުކާރުން ގެޒެޓުކޮށްފައިވާ ފައިނަލް ލިސްޓުގައިވާ މީހުންގެ އިވެލުއޭޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. 

އޭސީސީ އާއި އެހެން އިދާރާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ބަލައި އަޅުގަނޑުމެން މިހާރު ނިންމާފައިވަނީ ފްލެޓަށް އެދިފައިވާ ފޯމުތައް، ފޯމު ލާފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓު ކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023ގައި ގެޒެޓުކޮށްފައިވާ ލިސްޓުގެ ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދަން،" މުއްތަލިބު ވިދާޅުވިއެވެ.

އެގޮތުން ފައިނަލް ލިސްޓު ވެރިފައިކުރުމުގައި ބަލާނީ  ފްލެޓަށް އެދި ހުށަހެޅުމާ ގުޅޭ ގޮތުން 26 ޖޫން 2022ގައި އާންމުކޮށްފައިވާ އުސޫލާއި ފްލެޓަށް އެދި ހުށަހެޅި ޕޯޓަލްގައިވާ ކަންތައްކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ. 

" އަޅުގަނޑުމެންނަށް އެ 20000 މީހުން އަލުން ބަލުން ބަލާ އެ ހުރިހާ މައުލޫމާތެއް ވެރިފައިކުރަން މަސައްކަތް ކޮށްފިކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ނުުކުރެވި ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އިތުރުވެގެންދާނެ. އެހެންވީމާ މިވަގުތު އަޅުގަނޑުމެންނަށް އޮތް ފޯކަސްއަކީ ކޮންމެ ސަރުކާރަކުން ނަމަވެސް ދާއިމީ ލިސްޓެއް އިއުލާންކޮށްފައި އެބައޮތޭ އޭގެތެރޭގައި ލިބެން ނުޖެހޭ ފަރާތެއް ހުރިކަމަށްވާނަމަ އެފަރާތެއް އުނިވާނެ." މުއްތަލިބް ވިދާޅުވިއެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރޯދަމަހުގެ ކުރިން ފައިނަލް ލިސްޓް އާއްމުކުރުމަށް ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. މުއްތަލިބް ވިދާޅުވީ ފްލެޓް ލިސްޓް އެކުލަވާލިއިރު ފާހަގަކުރެވުނު އެންމެބޮޑު އެއް މައްސަލައަކީ މާލޭގައި މެދުނުކެނޑި އުޅުނު މުއްދަތު ބެލުމުގައި އެއްހަމައެއް ގެންގުޅެފައި ނުވުން ކަމަށެވެ.

އެގޮތުން ވަކިން ހާއްސަކޮށް މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަން ބެލުމަށް އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވީކަން ސާބިތު ކުރުމަށް ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތަކަށް ބަލާނެކަމަށެވެ. 

" އެހެންކަމުން، ޕޯޓަލްގައި ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ނޫން ލިޔުންތަކަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން." މުއްތަލިބް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ހައުސިން ސްކީމުގެ ދަށުން ފްލެޓަށް ހުޅުވާލުމުން 2 ކޮޓަރި އަދި 3 ކޮޓަރީގެ ފްލެޓަށް އެދި ޖުމްލަ 20،697 ފޯމު ވަނީ ހުށަހަޅައިފައެވެ. އޭގެތެރޭގައި ހިމެނެނީ 2 ކޮޓަރީގެ އެޕާޓުމެންޓަށް ހުށައެޅި 6،208 ފޯމާއި 3 ކޮޓަރީގެ އެޕާޓުމެންޓަށް ހުށައެޅި 14،489 ފޯމެވެ.

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް