ads
ކްރިމިނަލް ކޯޓު
މަކަރާއި ހީލަތުގެ މައްސަލައެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލައެއްގައި 19 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކުރެވުނު ޒުވާނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން މައްސަލައިގެ ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ އެފްއައިއާރާއި، މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓެއް ހިމެނެއެވެ. މި މައްސަލައަކީ އިތުރު ބަޔަކު ބައިވެރިވެގެން ހިންގި ކަމެއްކަމަށް ފުލުހުން ބުނެއެވެ.

ކޯޓުގައި ދިފާއުގައި ވާހަކަދައްކަމުން، ހައްޔަރުކުރެވުނު ޒުވާނާ ބުނެފައިވަނީ އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވާ ކުރުވި ކަމެއް ކަމަށެވެ. އަދި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާތީ، އެކަން ފުލުހުންނަށް ރިޕޯޓު ނުކުރެވުނު ކަމަށް ވެސް ބުނެފައިވެއެވެ. އޭނާގެ ދިފާއުން ފާހަގަކޮށްފައިވަނީ އޭނާއަކީ ދިވެހި ބަސް ރަނގަޅަށް ނޭނގޭ މީހެއް ކަމަށާއި، އެހެންކަމުން މި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް