ads
ބެޑްމިންޓަން މޫސަ
ބެޑްމިންޓަނުން ކޯޓަށް ހުށަހެޅި މައްސަލަ ނަގައިފި
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން، ކުޅިވަރު މިނިސްޓްރީއާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފިއެވެ.
Advertisement

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހައިކޯޓަށް ހުށަހަޅާފައިވަނީ، އެ އެސޯސިއޭޝަން ހިންގުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ހަވާލުކުރަން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ނިންމި ނިންމުމާ ދެކޮޅަށް ބީއޭއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އިސްތިއުނާފެވެ.

ސިވިލް ކޯޓުން ބެޑްމިންޓަން އެސޯސިއޭޝަނާ އެއްކޮޅަށް ހުކުމެއް ނުލިބުމުން، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމަށް ފަހު، އެ މައްސަލަ އަނބުރާ ނަގަން، އެސޯސިއޭޝަނުން އެދުމުން، ހައިކޯޓުން މިއަދުވަނީ އެ މައްސަލަ ބާތިލުކޮށްފައެވެ.

ސިވިލް ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައްސަލަ ކޯޓަށް ހުށަހެޅިއިރު، ފާހަގަކޮށްފައިވަނީ، ކޮމިޝަނާ އޮފް ސްޕޯޓްސްގެ ނިންމުން ތަންފީޒުކޮށްފިނަމަ، ދުނިޔޭގެ މައި ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖެ އަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފައިވާ ކަމެވެ. އަދި ކޮމިޝަނަރުގެ އެ އެންގުން ބާތިލްކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރު އެ ކޯޓުން ނުދިނެނެވެ.

ސިވިލް ކޯޓުން ނިންމާފައިވަނީ، ވަގުތީ ހުށަހެޅުން ހުށަހެޅުމުގެ ހައިސިއްޔަތު ބެޑްމިންޓަން އެސޯސިއޭޝަންގެ މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަށް ލިބިގެން ނުވާތީ، ވަގުތީ އަމުރެއް ނެރެދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް