ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގުރާމެއގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، މަޖިލިސް މެންބަރުންގެ އިނާޔަތްތަކަށް އެކަނި ބަދަލު ގެނައުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސުންނާއި ފަނޑިޔާރުންނަށް ދެވޭ އިނާޔަތްތަކަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރީގެ ވެރިންނަށް އިނާޔަތް ދިނުމުގައި ވަކި އުސޫލުތަކެއް ގެންގުޅޭއިރު، ރާއްޖޭގައި އެފަދަ އުސޫލުތަކެއް ނެތި އިނާޔަތްތައް ދެމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ގެންނަން ޖެހޭ ކަމަށާއި، އެ ހައްލު ގެންނަން ޖެހޭނީ މުޅި ސިސްޓަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތަކުގެ ވާހަކަ އެކަނި ދެކެވޭއިރު، ކުރީގެ ރައީސުންނާއި ފަނޑިޔާރުންގެ އިނާޔަތްތަކާ ބެހޭ ގޮތުން ވާހަކަ ނުދެކެވޭ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި މުޅި ސިސްޓަމަށް ބަދަލު ނުގެނެސް ދައުލަތުން އުފުލަން ޖެހިފައިވާ ބުރައަށް ހައްލެއް ނުލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.