އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވެފައިވާ މިންވަރަށް ބަލައި މި ކުންފުނިތަކަށް ފިޔަވަޅު އަޅަން ނިންމާފައެވެ. ނަމަވެސް ކުންފުނިތަކުގެ ނަމެއް އަދި ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ލައިސަންސް ބޭނުންކޮށްގެން އެމްއެމްއޭ އިން ޑޮލަރު ނަގައި އުމްރާއަށް ނުގެންގޮސް އޮޅުވާލާފައިވާ ކުންފުންޏެއް ވެސް ފާހަގަކުރެވިފައިވެއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އެ ކުންފުންޏަކަށް 30،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށްފަހު ހުއްދަ ހިފެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
މިނިސްޓްރީން މި ފިޔަވަޅުތައް އަޅަން ފަށާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު އަލް-ހިޖްރާ ޓްރެވެލްސް އެންޑް ޓުއާސް އިން އުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހުނު މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލާގައި އެ ކުންފުނި ވަނީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ބާތިލުކޮށްފަ އެވެ.
- އުމްރާ އުސޫލާ ހިލާފުވި 19 ކުންފުންޏަކަށް 5000 ރުފިޔާގެ ޖޫރިމަނާ
- ޑޮލަރު ނަގައި އޮޅުވާލި ކުންފުންޏަށް 30،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ނިންމުން
- އުމްރާ އުސޫލާ ހިލާފުވާ ހުރިހާ ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް ނިންމުން
- އަލް-ހިޖްރާ ޓްރެވެލްސްގެ މައްސަލައާ ގުޅިގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ ކުރުން
- އުމްރާ އުސޫލާ ހިލާފުވާ މައްސަލަތައް ފުލުހުންނާ ހަވާލުކުރުމަށް ނިންމުން