ކައުންސިލްގެ ޒިންމާދާރުވެރިޔާ އަހުމަދު ހަމްދީ ސީއެންއެމްއަށް ވިދާޅުވީ ކޭސް 27 އާއި ކޭސް 28އާ ޑައިރެކްޓް ކޮންޓެކްޓުވި ގަމު މީހަކު ދަތުރުކުރި ލޯންޗުން އިސްދޫގެ ހަ ގެއަކަށް ނިސްބަތްވާ މީހުން ދަތުރު ކޮށްފައިވާ ކަމަށެވެ. އެހެންވެ އެ އަތޮޅު ހޮސްޕިޓަލްގެ އިރުޝާދުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ގެތަކުގެ މީހުންނަށް ގޭ ބަންދުވުމަށް އަންގާފައިވާ ކަމަށް ހަމްދީ ވިދާޅުވިއެވެ.
އިސްދޫ ހަ ގެއެއަކަށް ވަދެ އުޅުން މަނާކޮށްފައިވާއިރު އެ ގެތަކަކީ
- އާޒާދުގޭ
- މާސް
- މަހުމާގެ
- ބީޗްރެސްޓް
- ސީރީނުވިލާ
- ރޯސަންވިލާ
އިސްދޫ ކައުންސިލުން ބުނީ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން އެ ހަ ގެއަށް ވަދެ އުޅުމާއި އެގެތަކުގައި ދިރިއުޅޭ މީހުން ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.