އަންނަ މަހު އުމުރުން 40 އަހަރު ފުރޭ ރޮނާލްޑޯގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާން އޮތްއިރު، މިހާރު ނިންމާފައިވަނީ އަންނަ ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް އިތުރުކުރާށެވެ. ކޮންޓްރެކްޓް އާކުރަން ނިންމި ނަމަވެސް އަދި އާ ކޮންޓްރެކްޓްގައި ސޮއެއް ނުކުރެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާ ކޮންޓްރެކްޓާއެކު، ރޮނާލްޑޯއަށް އެއް ސީޒަނަށް 168 މިލިއަން ޕައުންޑްގެ މުސާރައެއް ލިބޭނެއެވެ. މިހާރުވެސް ދުނިޔޭގެ އެންމެ އަގުބޮޑު އެތްލީޓުގެ ގޮތުގައި ހުރި ރޮނާލްޑޯގެ ކޮންޓްރެކްޓް އާކުރާއިރު، އޭނާވަނީ ވަރުގަދަ ޑިމާންޑްތަކެއް އަލް ނަސްރުގެ މެނޭޖްމެންޓަށްކޮށްފައެވެ.
ޕޯޗުގަލްގެ ސުޕަސްޓާ ވަނީ މިހާރު އެ ސަރަހައްދުގައި ފުޓްބޯޅަ ޑޮމިނޭޓްކުރާ އަލް އިއްތިހާދާއި އަލް ހިލާލް ފަދަ ލޯކަލް ޖަޔަންޓްސްތަކާ އެއްވަރަކަށް ވާދަކުރުމަށްޓަކައި ސައުދީ ކްލަބުގެ ސްކޮޑް ވަރަށް ބޮޑަށް ވަރުގަދަ ކުރުމަށް އެދޭކަން ފާޅުކޮށްފަ އެވެ. އަލް ނަސްރު އައިފަހުން މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެމުން އަންނަ ރޮނާލްޑޯއަށް ވިސްނޭ ގޮތުގައި ސައުދީ ޕްރޮފެޝަނަލް ލީގުގައި ވާދަވެރިކަން ވަރުގަދަ ކަމަށާއި، ޗެމްޕިއަންކަން ހޯދުމުގެ އަމާޒު ހާސިލް ކުރުމަށްޓަކައި ޓީމުގައި އިތުރު ފެންވަރެއް ބޭނުންވެއެވެ. ފޯވާޑް ވަނީ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ގެނައުމުގެ އެދުން ކްލަބުގެ މެނޭޖްމަންޓަށް ފޯރުކޮށްދީފައިވާއިރު، ފާހަގަކޮށްލެވޭ އެއް ނަމަކީ ޔުނައިޓެޑުގެ ކަސެމީރޯ އެވެ.