ކޯސްޓްގާޑުން ބުނީ މަޑިވަރު ރިސޯޓުގެ ހުޅަނގު އުތުރުން 3.6 ނޯޓިކަލް މޭލު ދުރުން ދަގަނޑު ބޮޔެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މި ބޮޔެ އޮޔާދަނީ އިރުމަތި ދިމާއަށް ކަމަށް ވެސް އެ ފަރާތުން ހާމަކޮށްފައިވެއެވެ.
މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިން މިކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން އަންގާފައިވެއެވެ.