އެސްޓޯނިއާގެ މަޖިލިސް ރައީސް ދެއްވި ފަރިއްކޮޅެއްގައި ރައީސް މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި އިރު، އީ-ވޯޓިން އާއި ޑިޖިޓަލް ގަވަރނަންސްގެ ދާއިރާއިން އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީތަކުގެ މައްޗަށް މަޝްވަރާކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ އާންމު ހިދުމަތްތައް ހަރުދަނާކުރެއްވުމަށް ކަނޑައަޅުއްވާފައިވާ އެޖެންޑާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ގައުމުން ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުގައި މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިނަލްއަގުވާމީ ސުލްހަ މަސަލަސްކަމާއި ސަލާމަތާ ގުޅޭގޮތުން ދެ ގައުމުން ހިއްސާކުރާ ކަންބޮޑުވުންތައްވެސް ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު އެކުގައި މަސައްކަތްކުރުމުގެ އަޒުމު އާކުރެއްވިއެވެ.