ads
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް
ހޯމް މިނިސްޓަރު، މަސައްކަތުން ދުރުވާން ފައްޔާޒު އެދިއްޖެ
ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތުން ވަގުތުން ދުރުވާން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެދިއްޖެ އެވެ.
Advertisement

މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ފައްޔާޒު ވަނީ  ރާއްޖޭގ ޑިޖިޓަލް ކުރިއެރުވުމަށް އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް އެ ގައުމަށް ރައީސް ޑރ.މުހައްމަދު މުއިިއްޒު ވަޑައިގެން ހުންނެވިކަން ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު އެސްޓޯނިއާގައި އެކަމުގައި ވަޑައިގެން ހުންނެވި ނަމަވެސް މިހާރު ފެންނަމުންދަނީ ރާއްޖޭގެ ޑިޖިޓަލް ކަންކަމާ ހުންނެވި މިނިސްޓަރު ރޯމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރަމުން ދާތަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ޑިޖިޓަލް އަދި ޓެކު ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެއްކޮށް ފެއިލްވާނެކަމުގެ ހެއްކެއް ކަަމަށެވެ. އަދި އައިޑެންޓިޓީއިން ވައްކަން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި ޒާތީ މައުލޫމާތު ރައްކާނުކުރެވޭ ގައުމަކަށް ޑިޖިޓަލް ވުމެއް ނެތް ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"ޑީއެންއާރުގެ ޑޭޓާބޭސް ފަޅާލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނަގަން ފުރުސަތު ފަހިކޮށްދިން މިނިސްޓަރު އިހުސާން ވަގުތުން މަގާމުން ވަކިކުރަން ޖެހޭ" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ މިދިޔަ ހަމަސްދުވަހު އިލެކްޝަންސްއަށް  ޕީއެންސީން ހުށަހެޅި ހުރިހާ ފޯމްއެއް ބާތިލުކޮށް އެ މައްސަލަ މިނިވަން ކަމާއެކު ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިނިސްޓަރުގެ އިހްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށައަޅަން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފަ އެވެ.  

އެމްޑީޕީން މިގޮތަށް ނިންމާފައިވަނީ ވެރިކަންކުރާ ޕީއެންސީއަށް މީހުން ވެއްދުމަށް ސައްހަ ނޫން ފޯމްތަކެއް ފުރާފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ ވަނިކޮށެވެ. އަދި ފޯމްތައް ފުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ މުވައްޒަފުން ކުރަމުން ދިޔައިރު އެތަނުގައި މިނިްސޓަރު އިހްސާން އިންނަވާ ފޮޓޯތަކެއްވެސް މިއަދު ވަނި އާންމުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް