ads
ރ. އަތޮޅުގެ މެޗުތަކުގެ ތެރެއިން
އިނގުރައިދޫ އަދި އަލިފުށި ސެމީއަށް
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ރ. އަތޮޅުގެ ސެމީ ފައިނަލުން ރ. އިނގުރައިދޫ އާއި އަލިފުށިން ޖާގަ ހޯދައިފިއެވެ.
Advertisement

އިނގުރައިދޫންވަނީ ދުވާފަރާ ކުޅުނު މެޗުން ދެ ލަނޑު އެއް ލަނޑުން މޮޅުވެފައެވެ. ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގެ އިނގުރައިދޫ އަށް ލީޑު ނަގައިދިނީ މުހައްމަދު މަމްދޫހް ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ 16 ވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) ވަނީ އިނގުރައިދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. ދުވާފަރަށް ލަނޑު ޖަހައިދިނީ މުހައްމަދު އިސާމްއެވެ.

މި ނަތީޖާއާއެކު ތިން ޓީމު ހިމެނޭ ރ. އަތޮޅުގެ ގްރޫޕް ދޭއްގެ އެއްވަނައިގައި އިނގުރައިދޫ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގަ އެވެ. ދެން މި ގްރޫޕުގައި ހިމެނޭ މީދޫ ވަނީ ފުރަތަމަ މެޗުން އިނގުރައިދޫ އަތުން ބަލިވެފަ އެވެ. މި ގްރޫޕުން ސެމީގެ އަނެއް ޖާގަ ލިބޭނީ މީދޫ އާއި ދުވާފަރު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

ރ އަތޮޅުގެ ގްރޫޕް އެކެއްގައި އަލިފުށިން ރަސްގެތީމު މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް