އެދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އޮޑިޝަން ބާއްވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ނޫރުލް އަޒާން ބަންގި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 ފަރާތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އަންނަ ރޯދަ މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
ބަންގި މުބާރާތުގެ މަގުސަދަކީ ރީތި ރާގުތަކަށް ސައްހަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުން ކަމުގައި މިނިސްޓްރީން ބުނެ އެވެ.
އަދި ގައުމުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަ ކުރުމާއި. ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، މި ފަންނުގެ ރޫހު އާލާކޮށް ދިރުވައި ކުރުއެރުވުމާއި، މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަގުބަލުގެ އިސްލާމީ ޝަހްސިއްޔަތު ވަރުގަދަކުރުމީ މި މުބާރާތުގެ މުހިއްމު މަގްސަދުތައް ކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރެ އެވެ.