ads
އެންސްޕާގެ ވެރިން މަޖިލީހުގައި
އެންސްޕާ ހިންގާނެ އާ އިމާރާތެއް ހޯދަން އިއުލާނު ކޮށްފި
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގުމަށް އާ އިމާރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
Advertisement

ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުން ކުރިއަށްގެންދާ މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 252،000 ރުފިޔާ ބަހައްޓަންޖެހޭނެއެވެ.

މި ބީލަމާ ގުޅޭ ލިޔެކިޔުންތައް މާދަމާއިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 17 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރުއެވެ.

މި އިއުލާނު ކުރަން މި ޖެހުނީ، ކުރިން އެންސްޕާ ހިންގަމުން އައި އިމާރާތާ ގުޅޭގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާތީއެވެ. އޭގެ ތެރޭގައި 34.8 މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅިގެން ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގެއް ފަށާފައިވެއެވެ.

އެންސްޕާއިން ކުރިން ބުނެފައިވަނީ، މިހާރު ހިންގަމުންދާ މޫކައި ސުއިޓްސް އިމާރާތް މަރާމާތު ކުރަން ޖެހުމާ ގުޅިގެން އެ އިމާރާތް ހުސްކުރަން ޖެހިގެން އެމްއެމްޓީވީއަށް ކުއްޔަށް ދީފައިވާ އިމާރާތަކަށް ބަދަލުވި ކަމަށެވެ. ނަމަވެސް ފަހުން އެ މުއާމަލާތް ބާތިލުކުރަން ނިންމައިފައިވާ ކަމަށް އެންސްޕާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް