ads
ޕޮލިސް މައި އޮފީސް
ދަރިވަރަކަށް ޓީޗަރެއް އަނޔާކުރި މައްސަލައެ ބަލަން ފަށައިފި
ސްކޫލެއްގެ ދަރިވަރަކަށް ޓީޗަރެއް އަނިޔާކުރި މައްސަލައެއް ބަލަން ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ އަނިޔާލިބުނު ކުއްޖއަކީ ހާއްސަ އެހިއަށް ބޭނުންވާ ދަރިވަރެއް ކަމަށެވެ.

މި ހާއްސަ އެހިއަށް ބޭނުންވާ ކުއްޖާއަށް އަނިޔާކޮށްފައިވަނީ މާލޭ ސްކޫލެއްގެ ޓީޗަރެއް ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މިމައްސަލަ ފުލުހުނަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކަަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިކަން ހިނގައިފައިވަނީ ކޮން ސްކޫލެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މިވަގުތު މިމައްސަލަ ތަހުގީގުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް