ads
މަރްހޫމް މާދިހް އިސްމާއީލް
ކްރިކެޓް ސީޒަން ފަށާ މެޗު، މަރުހޫމް މާދިހުގެ ހަނދާނަށް
ރާއްޖޭގެ ކްރިކެޓް ސީޒަން ފެށުމުގެ ގޮތުން ކުޅޭ މެޗު، ކުޅިވަރުގެ ހިދުމަތްތެރިޔާ އަދި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ކުރީގެ ނައިބު ރައީސް މަރްހޫމް މާދިހު އިސްމާއީލަށް ހާއްސަކޮށްފިއެވެ.
Advertisement

އުމުރުން 51 އަހަރުގައި، ދިވެހި ރާއްޖޭގެ ކުޅިވަރުގެ ހިދުމަތްތެރިއެއް ކަމަށްވާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މާދިހުއަކީ ދިވެހި ކުޅިވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ. މާދިހުގެ ހިދުމަތް އެންމެ ބޮޑަށް ފާހަވެގެންދިޔައީ ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިންނެވެ. މީގެ އިތުރުން ވެސް، އެކި ކުޅިވަރުތަކުގައި އޭނާގެ ބައިވެރުން އޮތެވެ.

މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް އޭނާ އަދާކުރެއްވި އެވެ. އަދި އެފްއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމުގެ މަގާމާއި ނެޓް ބޯލް އެސޯސިއޭޝަންގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރެއްވި އެވެ.

ކްރިކެޓް ސީޒަން ފެށުމަށް މި ހަފުތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ ސީޒަން ހުޅުވާ މެޗު، މާދިހުއަށް ހާއްސަކުރިއިރު، ކްރިކެޓް ބޯޑުން މި ގޮތަށް ނިންމާފައިވަނީ ދިވެހި ކުޅިވަރަށް މާދިހު ކޮއްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.

މި އަހަރުގެ ކްރިކެޓް ސީޒަން ހުޅުވާ މެޗަށް "މާދިހު މެމޯރިއަލް މެޗު" ގެ ނަން ދެވިފައިވާއިރު، މި މެޗުގައި ވާދަކުރާނީ ރާއްޖޭގެ ސީނިއަރ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާއި، ޖޫނިއަރ ކުޅުންތެރިންގެ އިތުރުން ބައެއް ބިދޭސީ ކުޅުންތެރިން ހިމެނޭހެން އެކުލަވާލާފައިވާ ދެ ޓީމެކެވެ.  ސީޒަން ހުޅުވާ މެޗު އޮންނާނީ ހޮނިހިރު ދުވަހު މެންދުރު 01:30 ގައި ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.

މި މެޗާއެކު ކްރިކެޓްގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފަވާއިރު، އަހަރު ފުރަތަމަ މުބާރާތަކަށް އޮންނާނީ މިމަހު 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފަވާ 50 އޯވަރުގެ ގައުމީ ކްރިކެޓް މުބާރާތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް