ނަރުދޫންވަނީ ރޭ ގޮއިދޫއާ އެއްވަރުކޮށް ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ. ރޭގެ މެޗު ދެ ލަނޑު ދެ ލަނޑުން އެއްވަރުވީއިރު، ނަރުދޫއަށް ސެމީގެ ޖާގަ ލިބުނީ ދެވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕްގެ އެއް ވަނަ ހޯދީ ބިލެއްފަހިންނެވެ.
ށ. އަތޮޅުގެ ގްރޫޕް އޭގައި، މިލަންދޫން ވަނީ 2-0 އިން އެންމެ ފަހުގެ ޗެމްޕިއަން، ކަނޑިތީމު ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. މިލަންދޫން ނުވަ ޕޮއިންޓް ހޯދިއިރު، ދެ ވަނަ ލިބުނު، ކަނޑިތީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހުގެ ރަނަރަޕް، ފޭދޫން ކުޅުނު ފަހު މެޗުން ވަނީ 4-0 އިން މަރޮށި ބަލިކޮށް ތިން ޕޮއިންޓް ހޯދައިފަ އެވެ. މަރޮށިން ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.
ސެމީ ފައިނަލުގައި، މިލަންދޫން ކުޅޭނީ ނަރުދޫއާ އެވެ. އަދި ބިލެއްފަހިން ކުޅޭނީ ކަނޑިތީމުއާ އެވެ.