އާސެނަލްއިން ޓޮޓްންހަމް އަތުން ރޭ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުން ތިން ޕޮއިންޓް ހޯދާ ލިވަޕޫލާ، ހަތަރު ޕޮއިންޓާ ގާތް ކުރިއިރު، ލިވަޕޫލްވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ފޮރެސްޓްއާ އެއްވަރުވެފައެވެ.
އެކަމަކު ލިވަޕޫލަށް އަތުގައި އިތުރު މެޗެއް އަދި އެބައޮތެވެ. އެހެންކަމުން ފަރަގު ބޮޑު ކުރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ލިވަޕޫލް 20 މެޗުން 47 ޕޮއިންޓް ހޯދާފައިވާއިރު އާސެނަލަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ.
ޓޮޓްންހަމް އަތުން މޮޅުވުވުމުން، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މިހާރު އޭނާގެ ޓީމު މިއޮތީ އަނެއްކާ ވެސް ލީގު ކާމިޔާބުކުރުމުގެ ރޭހުގެ ތެރެއަށް ވަދެފައި ކަމަށެވެ. އާސެނަލަށް ދެން އޮތީ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗެވެ.