ads
ސަލާހް ފުރަތަމަ މެޗުގައި ހެޓްރިކް
ސަލާހަށް 65 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް
ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހަށް، ސައުދީ އަރަބިއްޔާއިން 65 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން ސައުދީ ކްލަބަކުން ސަލާހަށް ދެ ސީޒަނަށްވަނީ އަހަރަކު 65 މިލިއަން ޕައުންޑްގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ހުށަހެޅުމާ ގުޅިގެން ސަލާހް އަދި ވަކި ގޮތެއް ނުނިންމައެވެ. އެކަމަކު ލިވަޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް، މުހައްމަދު ސަލާހް، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް އޭނާވަނީ ކުރިން ބުނެފައެވެ.

މި ސީޒަންގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ފޯވާޑް، ލިވަޕޫލް ދޫކޮށްލާނެކަން ރަސްމީކޮށް ހާމަކުރީ ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިޔުއެއްގައެވެ. ސީޒަނަށް ފަހު ސަލާހް ލިވަޕޫލް ދޫކޮށްދާނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

ސަލާހް ބުނީ، މިއީ އޭނާ ލިވަޕޫލަށް ކުޅޭ އެންމެ ފަހު ސީޒަން ކަމަށާއި އެހެންކަމުން އޭނާ ބޭނުންވަނީ ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ދާން ކަމަށެވެ. ލިވަޕޫލް އޮތީ ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއްވަނައިގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލާހްގެ ހުވަފެނަކީ ސައުދީއަށް ބަދަލުވުމެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް ހިލާލް ބޭނުންވަނީ އަންނަ ހޫނު މޫސުމުގެ ކްލަބް ވޯލްޑް ކަޕުގެ ކުރިން، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް އެ ކްލަބަށް ގެނައުމަށެވެ. އުމުރުން 31 އަހަރުގެ ސަލާހުގެ ކޮންޓްރެކްޓް މި ސީޒަން ނިމޭއިރު ނިމުމަކަށް އަންނައިރު، ކޮންމެ އަގެއްގައި ނަމަވެސް އޭނާ ގެންދަން އަލް ހިލާލުން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް