ads
މާކަސް ރަޝްފޯޑް
ރަޝްފޯޑް ހޯދުމުގެ ރޭހަށް ނަޕޯލީވެސް ވަދެއްޖެ
މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ހޯދުމުގެ ރޭހަށް އެންމެ ފަހުން އިޓަލީގެ ނަޕޯލީވެސް ވަދެއްޖެއެވެ.
Advertisement

މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑް ގެންދަން، ނަޕޯލީންވެސް ޝައުގުވެރިކަން ފާޅުކުރިއިރު، އިޓަލީގެ ގަދަ ބާރު އޭސީ މިލާނުންވެސް ކުރިންވަނީ ރަޝްފޯޑަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

 ޔުނައިޓެޑުގެ ޓީމުން މި ފަހުން އެކިއެކި ސަބަބުތަކާހުރެ އެއްގޮތަކަށްވެސް ފުރުސަތު ނުލިބޭ ފޯވާޑް ވަރަށް އަވަހަށް ވިއްކާލާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޕްރިމިއާ ލީގުގެ ކްލަބަކަށް ރަޝްފޯޑް ވިއްކާލާކަށް ޔުނައިޓެޑުން އެއްބަހެއް ނުވާނެއެވެ. މީގެ ކުރިން ރަޝްފޯޑް ހޯދަން ފްރާންސްގެ ޕީއެސްޖީންވެސްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މި ސީޒަން ނިމުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑުން 12 ވަރަކަށް ކުޅުންތެރިން ދޫކޮށްލައި ސްކޮޑް އޯވަހޯލް ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށާފައިވެއެވެ.  ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ ވިސްނުން ޔުނައިޓެޑުން ގެންގުޅެނީ، މިހާރު ނަތީޖާތައް އެކަށީގެންވާ ވަރަށްވުރެ ދަށްވުމުންނެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ޕްރިމިއަރ ލީގުގައިވެސް ގަދަ ހަތަރެއްގެ ތެރޭގައި ޔުނައިޓެޑު ނުހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް